ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 16:41
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ހުސެން ފިޔާޒް
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ރައްޔިތުން މަގުމައްޗަށް ނުކުންނަނީ
މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އެމްޑީ ހަރުގެއިން
މިހާތަނަން އައްޑޫގައި ބާއްވާ އެންމެ ބޮޑު މުޒާހަރާ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ސިޓީ ރައްޔިތުން މުޒާހަރާ ކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީ އެމްޑީޕީގެ އޮފީހުން ބުނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ތަންފީޒު ކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް ތާއީދުކޮށް އައްޑޫ ސިޓީގެ ރައްޔިތުން ހުކުރު ދުވަހު ހަވީރު މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިންމަތިންނެވެ.

މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.

އައްޑޫ ސިޓީގައި ހުކުރު ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު ހަވީރު މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްވުމެއް ބާއްވަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެ އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް