ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 23:44
އެމްޑީޕީ ހަރުގެ ސަރަހައްދުގައި މުޒާހަރާ ކުރަނީ
އެމްޑީޕީ ހަރުގެ ސަރަހައްދުގައި މުޒާހަރާ ކުރަނީ
ރާއްޖެ އެމްވީ
އިހުތިޖާޖް
ވީ މީޑިއާގެ ޓެކްނީޝަނެއް މުޒާހަރާ އިން ހައްޔަރު ކޮށްފި
ޓެކްނީޝަން ހައްޔަރުކޮށްފައި ވަނީ މުޒާހަރާ ކަވަރ ކުރަން އުޅެނިކޮށް
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ހައްޔަރު ކޮށްފައި

ވީ މީޑިއާގެ ޓެކްނީޝަނެއް ކަމަށްވާ މުހައްމަދު ރިޔާޒް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޏ. ފުވައްމުލައް ފްލޯރާމާގޭ, މުހައްމަދު ރިޔާޒް ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ސިލްސިލާ އިހްތިޖާޖް ކަވަރ ކުރުމަށް މިރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. 

ހަރުގެ ސަރަހައްދަށް އެއްވެ އިހްތިޖާޖް ކުރަމުންދިޔަ މީހުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ހިމެނެއެވެ. އެމެންބަރުން ހައްޔަރުކުރުމުގެ ތެރޭގައި އެމެންބަރުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

މިރޭ ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް