ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 08:04
ކުރީގެ ސީޕީ އަރީފު: މަގާމުން ވަކިކުރެއްވީ މި މަހުގެ ދެ ވަނަ ދުވަހު
ކުރީގެ ސީޕީ އަރީފު: މަގާމުން ވަކިކުރެއްވީ މި މަހުގެ ދެ ވަނަ ދުވަހު
މޯލްޑިވްސް ޕޮލިސް ސާރވިސް
ސީޕީ އަރީފު
ކުރީގެ ސީޕީ އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
އަރީފުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމަހުގެ ކުރީކޮޅު
މަގާމުން ވަކިކުރެއްވީ އަމުރު ތަންފީޒު ކުރައްވަން އުޅުއްވަނިކޮށް
ފުލުހުންގެ އިދާރާ ހިންގަވަން ހަވާލު ކުރެއްވި ތިން ބޭފުޅުން ވަނީ ވަކިކޮށްފައި

ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރައްވަން މަސައްކަތްޕުޅު ކުރެއްވުމުން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުން ވަކިކުރެއްވި އަހުމަދު އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އަރީފުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ މަގާމުން ވަކިކުރެއްވި ދުވަހުން ފެށިގެންނެވެ.

ސީޕީގެ މަގާމުން އަރީފު ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީން ގުޅުންވުމުން، ފޯނު ނުނަންގަވާ ކަމަށް ތުހުމަތުކޮށެވެ. 

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އަރީފާ މަޝްވަރާ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ގުޅުއްވުމުން ވެސް އަރީފު ފޯނު ނުނަންގަވާ ކަމަށެވެ. ނަމަވެސް، އަރީފް ރާއްޖެއެމްވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކި ކުރެއްވީ ކޯޓް އަމުރު ތަންފީޒުކުރައްވަން އުޅުއްވުމުން ކަމަށެވެ. 

އަރީފު މަގާމުން ވަކިކުރެއްވުމަށްފަހު، ފުލުހުންގެ އިދާރާ ހިންގަވަން ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއަށެވެ. ފުލުހުންގެ އިދާރާ ސައުދީއާ ހަވާލުކުރިތާ އެއް ދުވަސް ފަހުން، އޭނާ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. ސައުދީ މަގާމުން ވަކިކުރެއްވުމަށްފަހު، ފުލުހުންގެ އިދާރާ ހިންގަވަން ހަވާލު ކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ އިދާރާ ހިންގެވުމަށް ހަވާލު ކުރެއްވި ތިން ބޭފުޅުން ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް