ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 13:53
ޑރ. ޝައިނީ: ދުންޔާގެ ވާހަކަފުޅުތައް ދޮގު ކުރެއްވި
ޑރ. ޝައިނީ: ދުންޔާގެ ވާހަކަފުޅުތައް ދޮގު ކުރެއްވި
އަޒުމޫން އަހުމަދު
ކުއްލި ނުރައްކަލުގެ ހާލަތު
މައުމޫން ދޫކޮށްލަން ދުންޔާ ގޮވާލެއްވުމުން ޝައިނީ ރައްދު ދެއްވައިފި
ތަހުގީގަށް މައުމޫން އެއްބާރުލުން ނުދެއްވާ: ޝައިނީ

ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް އެމަނިކުފާނުގެ ދަރިކަނބަލުން، ދުންޔާ މައުމޫން ގޮވާލެއްވުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައީނީ އެކަމަނާއަށް ރައްދު ދެއްވައިފި އެވެ.

ރައީސް މައުމޫން މިނިވަން ކުރުމަށް ގޮވާލައި ދުންޔާ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކޮށް، ބަޣާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށާއި އެހެންކަމުން އެހެން ކުށްވެރިންނާއި ތަފާތުކޮށް މައުމޫނާމެދު އަމަލު ކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

ޝައިނީ ވިދާޅުވީ މައުމޫންގެ މައްޗަށް ތުހުމަތުކޮށް، ކުރިއަށްގެންދާ ތަހުގީގަށް ރައީސް މައުމޫން އެއްބާރުލުން ނުދެއްވާ ކަމަށެވެ. އެމަނިކުފާނަށް ގާނޫނީ ވަކީލުންނާއި އާއިލާއާ ބައްދަލު ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަަކަތަކެއް ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވެފައި ވަނީ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ފިނިކުރުމަށް ސަރުކާރުން ގޮވާލާފައިވާ މަޝްވަރާއަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ. އެއަށްފަހު ކ. މަފުށީ ޖަލަށް ވަނީ ބަދަލުކޮށްފައެވެ.

މައުމޫން މައްޗަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމުގެ ރޭވުންތައް ރޭވި ކަމުގެ ތުހުމަތު ވެސް މައުމޫންގެ މައްޗަށް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް