ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 15:27
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު
ރައީސް އޮފީސް
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ހައްގުތަކެއްވޭ، ސިފައިން ތިޔަހެން ގާފިލްވެ ތިބެގެން ނުވާނެ: ދިޔާނާ
ވަކީލުންނާއި އާއިލާގެ މެމްބަރުންނަށް ވެސް ބައްދަލެއް ނުކުރެވޭ
އެއްވެސް އެއްޗެއް ނުފޮނުވޭ
ގާނޫނުއަސާސީގައި ބުނާ ބައެއް ހައްގުތައް ވަނީ ހިފަހައްޓާފައި

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާ ކަމަށާއި ސިފައިން ތިޔަހެން ޤާފިލް ވެގެން ތިބެގެން ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ އެގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ވަކި މުއްދަތެއް ނެތް ގޮތަށް އެމަނިކުފާނާ ބައްދަލު ނުކުރެވޭގޮތަށް ހެދުމާ ގުޅިގެންނެވެ. 

ދިޔާނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނުހިފެހެއްޓޭނެ ހައްގުތަކެއް ވާކަމަށާއި އެކަން ގާނޫނުއަސާސީގައި ވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. ވަކީލުންނާ ބައްދަލު ކުރުމާއި، ވަކީލެއްގެ އެހީތެރިކަން ލިބިގަތުމަކީ ނުހިފެހެއްޓޭނެ ހައްގެއް ކަމަށެވެ. ސިފައިން ތިޔަހެން ޤާފިލުވެފަ ތިބެގެން ނުވާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. 

 

ގާނޫނީ ވަކީލުންނާއި އާއިލާގެ މެމްބަރުން ވެސް ރައީސް މައުމޫންއާ ބައްދަލު ނުކުރެވޭނެ ކަމަށް ސަރުކާރުން އެންގީ އާދިއްތަ ދުވަހު އެވެ. އާއިލާގެ ފަރާތުން އެއްޗެހި ފޮނުވިޔަސް އަދި ތަކެތި ހަވާލު ނުކުރެވޭނެ ކަމަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވާތާ، ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައެވެ.

ރައީސް މައުމޫން މައްޗަށް ތުހުމަތު ކުރަނީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް