ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 22:47
ޤާސިމް އިބްރާހީމް: ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލެއްވި
ޤާސިމް އިބްރާހީމް: ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލެއްވި
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
ޤާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންނަށް ޑރ ޖަމީލާއި އުމަރު ނަސީރު
ޑރ ޖަމީލް ވަނީ ޖޭޕީއާ ގުޅިވަޑައިގަންނަވާފައި
ޖަމީލްގެ ޓީމްވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހަމަޖައްސަވާފައިވާ ކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.

މިވަގުތު ވެސް 3 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޤާސިމް އެކަން ހާމަކުރެއްވީ އެޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ސިޔާސީ އިސް ބޭފުޅުންކޮޅެއް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގަންނަވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސް ދައުރެއް އަދާކުރެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މި ތިން ބޭފުޅުންގެ އިތުރުން އިނގިރޭސި ވިލާތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޝާހު މާހިރާއި ކުރީގެ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވެސް ވަނީ ޖަރުމަނުގައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޤާސިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ގެންނެވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން އެކޯލިޝަނުން ބޭރުކޮށް އަނިޔާ ދެމުންދާ ކަމަށާއި ޚާއްޞަ ގޮތެއްގައި އެއްބަފާފުޅު ރައީސް މައުމޫން ހައްޔަރުކުން ފާހަގަ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމޭނެ ދުވަހެއް އަންނާނެ ކަމަށާއި ފުލުހުންނާ ސިފައިން ނުކުމެ އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލައްވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ ރައީސް ޔާމީން އަޒުލު ކުރާވަރުގެ އަދި ހައްޔަރުކުރަން ޖެހޭވަރުގެ ކަންކަން އެމަނިކުފާނު ހިންގަވައިފި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް