ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 22:42
ނައިބު ރައީސް ޖިހާދު
ނައިބު ރައީސް ޖިހާދު
މިހާރު
ނައިބު ރައީސް ޖިހާދު
ނައިބު ރައީސް ޖިހާދު ގްލޯބަލް ޑައިލޮގް ފޯރ ހެޕިނެސް ސަމިޓް ގައި ބައިވެރިވެ ވަޑައިގެންފި
މި ސަމިޓު ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު "ގްލޯބަލް ޑައިލޮގް ފޯރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަން ނައިބު ރައީސް ޖިހާދު ފުރާވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. "ގްލޯބަލް ޑައިލޮގް ފޯރ ހެޕިނެސް ސަމިޓް" ގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ދައުވަތަކަަށެވެ.

ފެބްރުއަރީ 10-13 އަށް ކުރިއަށްދާ މި ސަމިޓުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާއީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވޭނެ ގޮތްތައް ހޯދުމާއި އަދި ބައިނަލްއަގުވާމީ ގޮތުން އުފާވެރިކަން ގެނުވާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރުން ހިމެނެެއެވެ.

މި އަހަރުގެ ގްލޯބަލް ޑައިލޮގް ފޯރ ހެޕިނެސް ސަމިޓްގައި ތައުލީމީ ދާއިރާއާއި، އާއިޖާދުތަކާއި، ޓެކްނޮލޮޖީއާއި، އިގްތިސާދީ ދާއިރާއާއި، ދެމެހެއްޓެނެވި ތަރައްގީއާއި ގްލޯބަލް ހެޕިނެސްއާއި ގުޅުންހުރި މައުޟޫތަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުން ހިމެނެއެވެ.

ޔޫއޭއީ ގެ ޑުބާއީ އޮންނަ "ގްލޯބަލް ޑައިލޮގް ފޯރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖިހާދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރު އާއި، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިލްހާމް އިދްރީސް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް