ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 18:06
ފުލުހުންގެ ބައްދަލުވުމެއްގެ ތެރެއިން
ފުލުހުންގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ދިވެހި ފުލުހުން
ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވާން ދާ ދިވެހިން އެނބުރި ގައުމަށް އައިސް ފުލުހުންގެ ތެރޭގައި ހަރަކާތްތެރި ނުވޭ: ފުލުހުން
ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އައިސިސް ފަދަ ޖަމާއަތްތަކާ ބައިވެރިވާން ގައުމުން ބޭރަށްދާ ދިވެހިން އެނބުރި ގައުމަށް އައިސް ފުލުހުން، އިމިގްރޭޝަން އަދި ކަސްޓަމްސް ގައި ޚިދުމަތް ކުރާ ކަމަށް

ސީރިޔާ އަދި އިރާގުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ދާ އެއްވެސް ފަރާތެއް އަނބުރާ ރާއްޖެ އައިސް މޯލްޑްވިސް ޕޮލިސް ސަރވިސް ގައި ޚިދުމަތް ކުރަމުން ނުދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިންޑިއާ ގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ގައި ހޮނިހިރު ދުވަހު ޝާއިއު ކުރި ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް، "ދިވެހިންގެތެރެއިން ދީނީގޮތުން ހައްދުހަނައަޅައިފައިވާ ފަރާތްތައް އެގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާ ކަމަށާއި، ސީރިޔާ އަދި އިރާގުގައި އައިސިސް ފަދަ ޖަމާއަތްތައް ފައްސާލުމަށް ކުރެވޭ މަސައްކަތާ ގުޅިގެން، ދިވެހިންގެ ތެރެއިން ހަނގުރާމައިގައި ބައިވެރިވުމަށް ދާ ދިވެހިން އެނބުރި ރާއްޖެ އައިސް ދިވެހިންގެ ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަންގައި މަސައްކަތް ކުރަމުންދާ ކަމަށެވެ."

ކުރީގެ ރައީސް ނަޝީދުގެ ވާހަކަ ދޮގުކޮށް ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދުގެ ވާހަކަފުޅު ބިނާވެފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށާއި އެކަން އެމަނިކުފާނު ކުރެއްވީ ފުލުހުންނާ ދޭތެރޭ ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލާ، މުއައްސަސާ އާ ދޭތެރޭ ޝައްކު އުފެއްދުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ މިފަދަ ވާހަކަތައް ފުލުހުންނާ ދޭތެރޭ ދައްކާ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް