ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 16:56
މިނިސްޓަރ ޝައިނީ ރައިސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މިނިސްޓަރ ޝައިނީ ރައިސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ކުއްލި ނުރައްކަލުގެ ހާލަތު
"އެންމެ ތޫނުފިލި އެންމެ މޮޅު ޑިޕްލޮމޭޓުންނަށްވެސް "ސްޓޭޓް އޮފް އިމެޖެންސީ" ޖަސްޓިފައި އެއް ނުކޮށްދެވޭނެ"
ރައީސްގެ ޚާއްސަ މަންދޫބުންނަށް "ރަހުމަތްތެރި" ގައުމުތަކުން އެދެވޭ ޖަވާބެއް ނުދިން
ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން އަޅާފައިވާ ފިޔަވަޅު ތަކަށް މުޅި ދުނިޔޭން ދަނީ ދެކޮޅު ހަދަމުން
ބައިނަލް އަގްވާމީ ގޮތުން ދިވެހި ސަރުކާރު ވަނީ ވަރަށް ބޮޑަށް އެކަހެރި ވެފައި

 އެންމެ ތޫނުފިލި އަދި އެންމެ މޮޅު ޑިޕްލޮމޭޓުންނަށްވެސް ރައީސް ޔާމީން ސްޓޭޓް އޮފް އިމަންޖެންސީ އިއުލާން ކުރެއްވުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ސާބިތު ކޮށް ނުދެވޭނެ ކަމަށް ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރެއް ކަމުގައިވާ އަބްދުލް ގަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއީސް ޔާމީންގެ ޚާއްސަ މަންދޫބުންގެ ގޮތުގައި "ރަހުމަތްތެރި" ގައުމުތަކަށް ފޮނުއްވި މަންދޫބުން މާޔޫސް ކަމާއެކު އެނބުރި ގައުމަށް ވަޑައިގެންނެވި ދަނޑިވަޅު ގައި ގަފޫރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ސްޓޭޓް އޮފް އިމެންޖެންސީ އިއުލާނު ކުރެއްވުން އެއީ ރަނގަޅަށް ކުރެއްވި ކަމެއްކަން އެންމެ މޮޅު އަދި އެންމެ ތޫނުފިލި ޑިޕްލޮމޭޓުންނަށްވެސް ސާބިތު ކޮށް ނުދެއްވޭނީ އެއީ ރަނގަޅަށް ކުރެއްވި ކަމަކަށް ނުވާތީ ކަމުގައެވެ.

ރައީސް ޔާމީން ސްޓޭޓް އޮފް އިމެޖެންސީ އިއުލާން ކުރެއްވުމާއި އަދި ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކަށް ތާއީދު ހޯއްދެވުމަށް މަންދޫބުން ފޮނުއްވި ގައުމުތަކަކީ އިންޑިއާ، ޕާކިސްތާން، ޗައިނާ އަދި ސައުދީ އަރަބިއްޔާއެވެ.

އޭގެ ތެރެއިން އިންޑިއާއިން ވަނީ ސަރުކާރުގެ ޚާއްސަ މަންދޫބާއި ބައްދަލު ނުކުރާނެ ކަމަށާއި މިދަނޑިވަޅުގައި އިންޑިއާއަށް މަންދޫބަކު ވަޑައިގަތުމަށް އެ ގައުމުން ނޭދޭ ކަމަށް ބުނެފައެވެ.

ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީވަޒީރަށް އެގައުމުގެ ބޮޑުވަޒީރު ދެއްވި ޖަވާބަކީ ސްޓޭޓް އޮފް އިމަޖެންސީ އަށް ތާއީދު ނުކުރާ ކަމަށާއި، އަޅަމުންދާ ފިޔަވަޅު ތައް ބަލައި ނުގަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޕާކިސްތާނުގެ އެހީތެރި ކަމަށް އުއްމީދު ނުކުރުމަށެވެ.

ސައުދީ އަރަބިއްޔާ އަށް ފޮނުއްވި ފިޝަރީޒް މިނިސްޓަރަށް ދަތުރުފުޅުން ހާސިލްވި ނަތީޖާ ހާމަ އެއް ނުކުރެއްވި އެވެ. ވިދާޅުވިހާ ވެސް އެއްޗަކީ "ޔޫ ވިލް ސީ" އެވެ. އެ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ބައްދަލު ކުރެއްވުނު ކަމެއްވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ޚާރިޖީ ވަޒީރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވި ފޮޓޯ އެއް ޚާރިޖިއްޔާ އިން އާއްމު ކުރި ނަމަވެސް ޝައިނީގެ މި ދަތުރުފުޅާ ގުޅިގެން ހާމަވި ދެ ފޮޓޯގައި ފެންނަނީ ސައުދީ ގައި ހުންނަވާ ރާއްޖޭގެ ސަފީރާއި އޮފިޝަލެކެވެ.

ޗައިނާ އަށް ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ފޮނުއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. ސައީދު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގެ ނަތީޖާ އެއް ރަސްމީ އިދާރ

ގަފޫރު ކުރެއްވި މި ޓްވީޓަށް ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫނު ވަނީ "ލައިކް" ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް