ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 15:09
މިނިސްޓަރު ޝައިނީ ސައުދީގައި: ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ކުރިން ސައުދީ އިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި
މިނިސްޓަރު ޝައިނީ ސައުދީގައި: ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ކުރިން ސައުދީ އިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި
ފޮރިން މިނިސްޓްރީ
ކުއްލި ހާލަތު އިއުލާނުކުރުން
ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ޓްރެވަލް އެޑްވައިޒަރީއެއް، ޑރ. ޝައިނީ ވިދާޅުވަނީ "ޔޫ ވިލް ސީ" ކަމަށް
ޝައިނީ ސައުދީއަށް ދަތުރުކުރެއްވީ ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި

ރާއްޖޭގެ ހާލަތު ސާފުކޮށްދެއްވުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް އެ ގައުމުން ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލާ ޓްރެވަލް އެޑްވައިޒިރީއެއް ނެރުނު ނަމަވެސް ދަތުރު ކާމިޔާބު ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރު ޝައިނީ ސައުދީއަށް ފުރާވަޑައިގަތީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގެ ހާލަ ގުޅޭ ގޮތުން ސައުދީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝައިނީ ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ސައުދީއަށް ޝައިނީ ވަޑައިގެންނެވިއިރު، އެ ގައުމުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެއް ނުވެއެވެ. ރައީސް ޔާމީން ވެސް ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖެއާ އެންމެ އަރިސް ތިން ގައުމުގެ ތެރޭގައި ސައުދީ ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެންމެ ފަހުން ކަންވެ މި ނިމިގެންދިޔައީ ސަރުކާރުން ދެއްކި ދަޅަތަކާ މުޅިން އިދިކޮޅަށެވެ. މިނިސްޓަރު ޝައިނީ ފްލައިޓުން ފައިބައިވަޑައިނުގަންނަވަނީސް ސައުދީ އިން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. ސައުދީ އިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވަނީ، ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށާއި ރާއްޖޭގައި މިވަގުތު ތިބި، ހުރިހާ ފަރާތްތަކުން ވެސް ސައުދީ އެމްބަސީއަށް ގުޅުމަށް ވަނީ އެދިފައެވެ.

ނަމަވެސް މިނިސްޓަރު ޝައިނީގެ ވާހަކަ މުޅިން ތަފާތެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ވަރަށް ކާމިޔާބު ބައްދަލުވުންތައް ކުރިޔަށް ގެންދެވި ކަމަށެވެ. އެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވީ 'ޔޫ ވިލް ސީ' ކަމަށެވެ.

 

 

އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ މިނިސްޓަރު ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ސައުދީ އިން ޓްރެވަލް އެޑްވައިޒަރީ ނެރުނު މަންޒަރެވެ. ޝައިނީގެ މި ޓްވިޓާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ މީގެ ކުރިން ރާއްޖޭގެ ހާލަތު ސައުދީ އަށް ނޭނގޭ ކަމަށާއި ނަމަވެސް މިނިސްޓަރު ޝައިނީ ކުރެއްވި ދަތުރުފުޅުގައި އެކަން ސާފުކޮށްދެއްވުމުން ގައުމުގެ ހާލަތު އެނގި ސައުދީން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް