ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 15:35
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ސިމާހާ ނަސީމް
ޕީޕީއެމް ޕްރެސް
އިންޓަރޕޯލް މެދުވެރިކޮށް ރައީސް ނަޝީދު ހައްޔަރު ކުރުމަށް ގޮވާލަން: ޕީޕީއެމް
ރައީސް ނަޝީދު އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި
އަބްދުﷲ ޝާހިދު ވެސް ހައްޔަރު ކުރުމަށް ވަނީ ގޮވާލާފައި
ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވޭ

އިންޓަރޕޯލް މެދުވެރިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ސަރުކާރު ހިންގާ ޕާޓީން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހި ސިފައިންގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ބަޔަކު އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެފަދަ ވާހަކަތައް ރައީސް ނަޝީދު ވިދާޅުވުމަކީ ގައުމަށް ގައްދާރުވުން ކަމަށާއި ރައީސް ނަޝީދު ވަގުތުން ހައްޔަރު ކޮށްގެން ރާއްޖެ ގެންނަވައި ޖަލުގައި ބާއްވަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެއިތުރުން އަބްދުރަހީމް ވިދާޅުވީ ރާއްޖޭއަށް ބޭރު ސިފައިން އެރުމަށް ގޮވާލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ހައްޔަރުކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ދައްކަވާ މިފަދަ ބޭފުޅުން ހައްޔަރުކޮށް ޖަލަށްލާން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދު އިއްޑިއާއަށް ކުރައްވާ ދަތުރުފުޅެއްގެ ވާހަކަތައް އެބަ ދެކެވޭ ކަމަށާއި ނަމަވެސް އެއީ ހިންދޫ ދީނުގެ ބަޔަކު ބާއްވާ ހިންދޫ އިވެންޓެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން އިންތިޒާމު ކުރާ އިވެންޓެއްގައި ބައިވެރިވެވަޑައި ގެންނެވުމަށެވެ. 

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އައިއެސް ޖަމާއަތާއެކު ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރާ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ވެސް ސަރުކާރުން މީގެކުރިން ކުށްވެރިކޮށް،  ރާއްޖޭގެ ބަޔަކު، ރާއްޖޭން ބޭރުގައި ކުރަމުންދާ ހަނގުރާމަ ތަކުގައި ބައިވެރިވަމުން ނުދާކަމަށް ބުނެފައި ވެއެވެ. ނަމަވެސް ފަހުން ސަރުކާރުން ވެސް ވަނީ ރާއްޖޭގެ ބަޔަކު ރާއްޖޭން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކުގައި ބައިވެރިވަމުންދާ ކަމަށް އެއްބަސްވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް