ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 13:45
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ކުނޫޒުގައި ކުރިއަށްދަނީ (ފައިލް ފޮޓޯ)
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ކުނޫޒުގައި ކުރިއަށްދަނީ (ފައިލް ފޮޓޯ)
އެމްޑީޕީ
ކުއްލި ނުރައްކަލުގެ ހާލަތު
ސަރުކާރާ އެކު މަޝްވަރާކުރުމާ މެދު ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު: އެމްޑީޕީ
ޕާޓީތަކުން އަދި ސަރުކާރަށް ޖަވާބެއް ދީފައެއް ނުވޭ

ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ގޮވާލި ނަމަވެސް، އެކަމުގައި ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ މަސައްކަތްކުރަމުން ދަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، ޕާޓީތަކުގެ މަޝްވަރާތަކަށް ދާން ސަރުކާރުން ގޮވާލި ނަމަވެސް، އެމަޝްވަރާތަކަށް ދިޔުމާ މެދު ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ގޮތެއް ނިންމުމަށް ފަހު ކަމަމެވެ.

ފާޅުގައި ސުޕްރީމް ކޯޓުގެ އަމުރުތަކާ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވަމުން ގެންދަވާތީ، އެމަނިކުފާނު މިހާރުން މިހާރަށް މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ހަސަން ލަތީފް ތަކުރާރުކޮށް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކަކީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށް ފަހު ސަރުކާރުން ވަނީ ޕާޓީތަކުގެ މަޝްވަރާތަކަށް ދައުވަތު ފޮނުވާފައެވެ. ސަރުކާރުން ބުނީ ދިވެހިރާއްޖޭގެ މަސްރަޙު މިހާރު އޮތް ގޮތުން، ޤައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ، ޕާޓީތަކުގެ މަޝްވަރާތަކަށް ޕާޓީތަކަށް ދައުވަތު ފޮނުވާފައި ވާކަމަށެވެ. ޕާޓީތަކުން ޖަވާބެއް ދީފައިނުވާ ކަމަށް ސަރުކާރުން ރަސްމީކޮށް ބުނެފައިނުވި ނަމަވެސް، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އަދި ޕާޓީތަކުން ޖަވާބު ދީފައި ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް