ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 19:18
ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިމާހާ ނަސީމް
މޯލްޑިވްސް ލިވިންގް އެކްސްޕޯ
މޯލްޑިވްސް ލިވިންގް އެކްސްޕޯ ފަސްކޮށްފި
އެކްސްޕޯ އަލުން ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރޭ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ހައިރައިޒް ކުންފުނީގެ ފަރާތުން މޯލްޑިވްސް ލިވިންގް އެކްސްޕޯ ފަސްކޮށްފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 އިން 17 އަށް ނެޝެނަލް އާރޓް ގެލަރީގައެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ މި އެކްސްޕޯ ފަސްކުރަން ޖެހުމުން ޕާޓްނަރުންގެ ފަރާތުން މައާފަށް އެދިފައެވެ. އަދި ލިވިން އެކްސްޕޯ ބާއްވާނެ ތާރީހެއް ކަނޑައެޅުމާ މެދު އެގްޒެބިޓިން ސެންޓަރާއި އިކޮނަމިކް މިނިސްޓްރީއާ ޗެންބާ އޮފް ކޮމާސް އަދި މިނިސްޓްރީ އޮފް ޑިފެންސްއާ ވާހަކަ ދައްކައި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ތާރީހެއް ކަނޑައެޅުނުހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އަކީ ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކެއް އެއް ސަރަހައްދަކުން ލިބިގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 28 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް