ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 09:23
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެނީ
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެނީ
މުހައްމަދު ޝަރުހާން
ކުއްލި ނުކުރައްކަލުގެ ހާލަތު
ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 12 ގަޑިއިރު ފަހުން ފާރިސް މިނިވަން ކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ފާރިސް މިނިވަންކުރަން އަމުރުކުރީ ރޭ 7:45 ހާއިރު
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރީ ޖެނުއަރީ 27 ވަނަ ދުވަހު
ފާރިސް ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރީ ސުޕްރީމް ކޯޓުގެ އަމުރާއި ހަވާލާދީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކޮށްފި އެވެ.

ފާރިސް މިނިވަންކޮށްފައި މިވަނީ، އޭނާ ހައްޔަރުކުރަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް، ވަގުތުން މިނިވަން ކުރުމަށް އަމުރުކުރިތާ 12 ގަޑިއިރު ފަހުންނެވެ.

ކްރިމިނަލް ކޯޓުން ފާރިސް މިނިވަންކުރަން އަމުރުކުރީ، ފާރިސްއާއި ޖަލު ހުކުމްތަކުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ހަވާލާދީއެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ، އެ ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ފާރިސް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

ފާރިސް މިނިވަންކުރިއިރު، ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޅިޔަނު، މުހައްމަދު ނަދީމް ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް