ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 22:19
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ފާތިމަތު ޝަނާ މުހައްމަދު
ސުޕްރީމް ކޯޓުގެ އަމުރު
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރާނީ ބަންޑާރަނައިބާއި ޕީޖީ އޮފީހުގެ ލަފާ ހޯދުމަށް ފަހު: ފުލުހުން
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ މެދު ދަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރަމުން

ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ބަންޑާރަނައިބާއި ޕީޖީ އޮފީހުގެ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ތަންޒީފު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވާ އިރު، ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށެވެ. އަމުރަށް އަމަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު އެމަގާމުން ވަކި ކުރައްވާފައެވެ. 

ފުލުހުންގެ އިދާރާގެ ހިންގުމާ ހަވާލުވެގެން މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ. 

ސަރުކާރުން ވެސް ބުނަމުންދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަމުރަށް 24 ގަޑިއިރު ވެގެން ދިޔަ އިރު ވެސް އެކަން ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް