ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 20:00
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖް
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖް
ރާއްޖެއެމްވީ
ސިރާޖް ޓްވީޓް
އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ ބަންޑާރަނާއިބު ވަނީ އިތުރުފުޅު ހައްދަވާފައި: މޫސާ ސިރާޖް
ކޯޓުގެ ހުކުމާއި ގުޅިގެން ބަންޑާރަނައިބުއާ އެއްވެސް ފަނޑިޔާރެއް ބައްދަލެއް ނުކުރޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ ބަންޑާރަނައިބު އަހުމަދު އަނިލް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖް ތުހުމަތު ކުރައްވައިފިއެވެ.

މޫސާ ސިރާޖް ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ބަންޑާރަނައިބާ އެއްވެސް ފަނޑިޔާރެއް ބައްދަލު ކުރައްވާފައި ނުވާ ކަމަށެވެ.

 

މިއަދު ސަރުކާރު ޓީވީ އަށް އެކަނި ފުރުސަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މަޝްވަރާ ކުރެވިފައި ވަނީ ކުށްވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމާ ގުޅޭ ގޮތުން ހުރި ޤާނޫނީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް