ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 19:12
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ހޭބިއަސް ކޯޕަސް އަމުރު
ބަންދުގައި ތިބި މީހުން ތިބީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
ޝަރީއަތުގެ ބޭރުން ފަނޑިޔާރުންނާއި މަޝްވަރާ ކުރުމަކީ އޮންނަ ކަމެއް ނޫން
ސަރުކާރުން ސުޕްރީމް ކޯޓާއި މަޝްވަރާ ކުރުމުގެ އެއްވެސް ޖާގައެއް ނެތް

ސުޕްރީމް ކޯޓުން ސިޔާސީ އެކި ސަބަބުތަކަށްޓަކައި ބަންދުގައި ތިބި މީހުން ދޫކޮށްލަން ހުކުމް ކުރުމުންވެސް އެ މީހުން ދޫކޮށްފައިނުވާތީ ހޭބިއަސް ކޯޕަސް އަމުރަކަށް އެދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ބަންދުގައި ތިބި މީހުން ކްރިމިންލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ވެސް އެދިވަޑައިގަތް ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޝަރީއަތުގެ ބޭރުން ފަނޑިޔާރުންނާއި މަޝްވަރާ ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި ސަރުކާރުން ސުޕްރީމް ކޯޓާއި މަޝްވަރާ ކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ހޭބިއަސް ކޯޕަސް އަކީ ބަންދުގައި ހުންނަ މީހަކު ގާޒީއެއްގެ ކުރިފުޅު މައްޗަށް ހާޒިރު ކުރުމަށް ނެރޭ އަމުރެކެވެ. އާންމުކޮށް މި އަމުރު ނެރެނީ ބަންދުގައި ހުރި މީހާ، ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތަކެއް ނެތްނަމަ އެ މީހަކު ދޫކޮށްލުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 19:21
ހ މ ޒ
ގައުމާއި ދީނުގެ ޙައްޤުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ރައީސް ކުރައްވާނެ!
2 ފެބްރުއަރީ 2018 | ހުކުރު 19:19
ހ މ ޒ
މާތްﷲ. މިނުބައި ޖަރީމާ ހިންގި ބައިގަނޑުގެ މައްޗަށް ރައީސް ޔާމީނަށާ ދިވެހި ސަރުކާރަށް ނަޞްރު ދެއްވަވާ ފާނދޭވެ. އާމީން.