ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 18:41
މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރި ވަނީ
މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
މީހުން ހައްޔަރުކުރުން
ވަރަށް އަނިޔާވެރިކޮށް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިން

ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރުމަށް ބާރުއެޅުމަށް ބޭއްވި އެއްވުމުގައި ވަރަށް އަނިޔާވެރި ގޮތެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ހިމެނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ރައީސް މުހައްމަދު ނަޝީދާއެކު ޖުމުލަ ނުވަ ބޭފުޅަކު މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ރައީސް އަބްދުﷲ ޔާމީން ތަންފީޒުކުރުމަށް ދެކޮޅު ހައްދަވަމުން ގެންދަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ހުކުރު ދުވަހު ހަވީރު އެމްޑީޕީ ޖަގަހަ ކުރިމަތީގައި ވަނީ އިހްތިޖާޖުކޮށްފަ އެވެ. 

ބާރުގެ ބޭނުންކޮށް، އަނިޔާވެރި ގޮތަކަށް ދެ މީހުން ހައްޔަރުކުރިއިރު، އެ މީހުން ސަލާމަތްކުރުމަށްޓަކައި ވެސް ބައެއް މީހުން މަސައްކަތްކުރި އެވެ. އެ ދެ މީހުން ހައްޔަރުކުރުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާކުރަމުން ދިޔަ މަންޒަރު ފެނެ އެވެ. 

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެކޮޅު ހެދުމުން އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 19:34
ސެކިއުރިޓީ
މިޔޮއްގެން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުތަނީ ސެކިއުރިޓީ ނުކުމެ!
2 ފެބްރުއަރީ 2018 | ހުކުރު 18:13
އަހަ
kuranvee