ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 17:57
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލިސް
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ
މި ބައްދަލުވުން އޮންނާނީ، އެމްޑިޕީ ހަރުގޭގައި ހުކުރު ދުވަހުގެރޭ 8.00 ގައި

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މީޑިއާއަށް ވެސް ވަދެވޭ ގޮތަށް ކުރިއަށް ގެނދިއުމަށް ނިންމާފައިވާ މި ބައްދަލުވުން އޮންނާނީ، އެމްޑިޕީ ހަރުގޭގައި ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ. 

އެމްޑީޕީން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި މިވަނީ، ރައީސް ނަޝީދާއެކު އިތުރު އަށް ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮންނެވެ. އަދި 12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ސުޕުރީމް ކޯޓްގެ އަމުރާއި ގުޅިގެން އެމްޑީޕީން ދެން ހަރަކާތްތައް ކުރިއަށް ގެންދާނެގޮތަކާއިމެދު މި ބައްދަލުވުމުމުގައި މަޝްވަރާ ކުރެވޭނެކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން ރާއްޖެޓީއާއި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ މި އަމުރު ތަންފީޒު ކުރަންދެން ސުލްހަވެރި ސިޔާސީ ހަރަކާތުގައި ރައްޔިތުން ދެމި ތިބުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް