ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 17:18
އިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް
އިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓްގެ ހުކުމް
ކޯޓްގެ ހުކުމުން ޖުޑީޝަރީ މިނިވަންވުމަކީ ރާއްޖޭގެ ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔާނެ ކަމެއް: ޑޯރިސް
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ސަރުކާރުން އަދި ތަންފީޒުކޮށްފައެއް ނުވޭ

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަކީ ރާއްޖޭގެ ޖުޑީޝަރީ މިނިވަންވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި އެކަމަކީ ދިވެހިރާއްޖޭގެ އެތަށް ބަޔަކު އެކަމަށް މަރުހަބާ ކިޔާނޭ ކަމެއް ކަމަށް އިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ޑޯރިސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަށް، އިތުރު އެއްވެސް ޝަރުތެއް ނެތި ތަންފީޒުކުރާނޭ ކަމަށް ބައިނަލްއަގްވާމީ ޖަމާޢަތުން ދެކެވަޑައިގަންނަވާ ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ.

 

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ފަސްޖެހިފައިވާ އިރު، ގިނަ ބަޔަކު ދަނީ ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމް ދިރާސާ ކުރަމުންދާ ކަމަށް އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް