ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 11:48
ކުރީގެ ރައީސް މައުމޫން
ކުރީގެ ރައީސް މައުމޫން
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން
ހުކުމް ތަންފީޒު ކުރުމަށް މުއައްސަސާތަކަށް އަނެއްކާ ވެސް ގޮވާލަން: މައުމޫން
ހުކުރު ދުވަހުގެ ހެނދުނު ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމަށްޓަކައި އެއަމުރަށް ތަބާވާން ޖެހޭ ކަމަށް
ސުޕްރީމް ކޯޓުގެ ހުކުމްގައި ދޫކުރަން އަމުރުކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް ހިމެނިވަޑައިގަންނަވާ

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް އަނެއްކާ ވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަދި އެހެންނިހެން މުއައްސަސާތަކަށް ގޮވާލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމަށްޓަކައި އެއަމުރަށް ތަބާވާން ޖެހޭ ކަމަށެވެ. 

 

ރައީސް މައުމޫން މިގޮތަށް ޓްވީޓް ކުރައްވާފައި ވާއިރު އެމްއެންޑީއެފް އާއި ޕޮލިސްގެ ޓްވިޓާ ޓެގްކުރައްވައި ބުރާސްފަތި ދުވަހުގެރޭ ވެސް ވަނީ ޓްވީޓް ތަކުރާރު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އިއްވުމާ އެކު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެހާ ހަމްދާއި ސަނާ ހުރީ ﷲ އަށް ކަމަށާއި އިންސާފު ގާއިމް ވެއްޖެ ކަމަށެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިވަގުތު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ދޫކުރަން އަމުރުކޮށްފައިވާ ނުވަ ސިޔާސީ ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނި ވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް