ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 10:02
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު އަމުުރު
ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އިސްލާމީ މަރުކަޒުގައި
މި ދުއާގައި ބައިވެރިވުމަށް ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަށް އައުމަށް މަހުލޫފު ވަނީ ގޮވާލައްވާފައި

މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހާއްސަ ދުއާއެއް ކުރުން އޮންނާނެ ކަމަށް ޖޮއިންޓް ޕާޓީސްގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެދުނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މަހުލޫފު ވިދާޅުވީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހާއްސަ ދުއާއެއް ކުރުން އޮންނާނެ ކަމަށާއި އެ ދުއާ ކުރުމަށް ނިންމާފައި ވަނީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

މަހުލޫފު އެ ފާހަގަކުރެއްވި ކާމިޔާބަކީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމު ކޯޓުން ނެރެފައިވާ އަމުރާއެކު ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހައްޔަރުކުރެއްވިފައިވާ ސިޔާސީ ނުވަ ބޭފުޅުން ދޫކޮށްލުމަށް ކުރެވުނު ހުކުމެވެ. މި ކާމިޔާބު ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ މާލޭގެ އެކި މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުގެ ސުލްހަވެރި އެއްވުންތަކަށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށް އެ އެއްވުންތައް ރޫޅާލާފައެވެ.

މަހުލޫފު ވަނީ މި ދުއާގައި ބައިވެރިވުމަށް ވީހާ ވެސް ގިނަ ރައްޔިތުން އިސްލާމީ މަރުކަޒަށް ހުކުރު ކުރުމަށް އައުމަށް ގޮވާލާފައެވެ. އަދި ރަށްރަށުގައި ތިބި ފަރާތްތަކުން ވެސް މާލެ އެރުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 10:03
އަހަ
badhu dhua kurumakee haraan kameh