ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 08:40
އާއިޝަތު އާޒިމާ ޝަކޫރު
އާއިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީސް
އާޒިމް ޝަކޫރު
ރާއްޖެއިން ބޭރަށް ދާކަށް ނޫޅެން، މިހުރީ ރައީސް ޔާމީންއާއެކު: އާޒިމާ
އާޒިމާއަކީ ރައީސް ޔާމީންއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލެއް

ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށާއި، ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއެކު ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާޒިމާ ރާއްޖޭގައި ފުރާވަޑައިގެންފި ކަމުގެ ވާހަކަ ފެތުރެމުންދަނިކޮށް އާޒިމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި އޭނާ ހުންނެވީ ރައީސް ޔާމީނާއެކު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަމަށެވެ.  

ރައީސް ޔާމީން ވެރިކަމުން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލުކުރުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އާޒިމާ ވިދާޅުވެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. 

އާޒިމާ އެ ގޮތަށް ވިދާޅުވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓު ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުން އަދާކުރަމުންދިޔަ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ސިޔާސީ ގޮތުން ދައުވާކޮށް، ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ހުރިހާ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތުގެ މައްޗަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ އެ އަމުރާ އެއްގޮތަށް މިހާތަނަށް ސަރުކާރުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަމަލު ކުރަމުން ނުދެއެވެ. 

އާޒިމާއަކީ ރައީސް ޔާމީންއަށް ލީގަލް އެޑްވައިޒް ދެއްވާ، ރައީސް ޔާމީންއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 10:00
Very happy
Mihira fennanee beynunvamanzaru