ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 05:48
މާލޭ ޕްރިޒަން
މާލޭ ޕްރިޒަން
ފޭސްބުކް
ސުޕްރީމް ކޯޓު އަމުުރު
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ދަނީ ފުރިހަމަ ކުރަމުން: ކަރެކްޝަން
ކަރެކްޝަނަށް ސުޕްރީމް ކޯޓުގެ އަމުރު ވަނީ ލިބިފައި
މަޖިލީހުގެ 12 މެންބަރުންގެ ގޮޑި ނުގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފައި
ފުލުހުން ވެސް ވަނީ ހުކުމް ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަަމަށް ވިދާޅުވެފައި

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން ބުނީ، ސުޕްރީމް ކޯޓުގެ އަމުރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާކަން ހާމަކޮށްފައިވާ އިރު ފުލުުހުން ވެސް ވަނީ ހަމަ މިފަދަ އިން ހާމަކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ ގާތްގަނޑަކަށް ހަތް ގަޑި އިރު ވެފައިވާ އިރު އަދިވެސް ފެނިގެންދަނީ މި ހުކުމް ތަންފީޒު ކުރަމުން ނުދާ ކަމަށެެވެ. ސަރުކާރުން ވެސް ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރާ ކަން ހާމަކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރެފައިވާ އަމުރުގައި ވަނީ، ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދުނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި ގޮޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 07:21
އަސޭލާ
ހުކުމް ކުރީމާ ފުރިހަމަ ކުރަންޖެހޭ ކަމެއް ނޯންނާނެ.ވަގުތުން ޔާމީން ޢިސްތިޢްފާދީ