ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 04:57
ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހްމަދު ސަމީރު
ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހްމަދު ސަމީރު
ރާއްޖެއެމްވީ
ޖޭޕީ ސިޓީ
އަނިލްއާ މެދު ފިޔަވަޅު އެޅުމަށް ޖޭޕީން އެދިއްޖެ
ކޯޓު އަމުރު ތަންފީޒު ކުރުމަށް ބަންޑާރަ ނައިބު ހުރަސް އެޅުއްވި

ބަންޑާރަ ނައިބު މުހައްމަދު އަނިލާމެދު ފިޔަވަޅު އަޅައި ދިނުމަށް ޖުމްހޫރީ ޕާޓީން އެދިއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހްމަދު ސަމީރު ސޮއި ކުރައްވާ ބުރާސްފަތި ދުވަހުގެ ފަތިހު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާފައިވާ ސިޓީގައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައިވާ ނުވަ ފަރާތެއް ދޫކޮށްލުމަށް އެންގުމުން އެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ބަންޑާރަ ނައިބު ހުރަސް އަޅުއްވާފައިވާތީ، އެ ކޯޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މީޑިއާތަކާއި މުހާތަބު ކުރައްވާ ބަންޑާރަ ނައިބު އަނިލް ސުޕްރީމް ކޯޓުން ނެރުއްވި ހުކުމް ތަންފީޒު ކުރުމުގެ ކުރިން އެ ހުކުމް ދިރާސާ ކުރައްވަމުންދާ ކަމަށް ވިދާޅުވެފައިވާކަން ވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ކުރުމާމެދު ގޮތެއް ނިންމާނީ އަމުރު ދިރާސާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މިނިވަން ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ގާސިމް ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުނަށް ސާބަސް ދަންނަވާފައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް