ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 04:43
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ޕީޕަލް މެގަޒިން
ސުޕްރީމް ކޯޓްގެ އަމުރު
ޖަލުގައި ތިބި ސިޔާސީ މީހުން ތިބީ ރަހީނު ކުރެވިފައި: އަމީތު
ކަރެކްޝަންސްގެ ފަރާތުން ޒިންމާ ނަގަންޖެހޭނެ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އަމަލުނުކުރާ ނަމަ

ޖަލުގައި ތިބި ސިޔާސީ މީހުން ތިބީ ރަހީނު ކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކަރެކްޝަންސްގެ ފަރާތުން ތަބާ ނުވެ ސިޔާސީ މީހުން ޖަލުގައި ބަންދުކޮށްފައި އަދި ރަހީނުކޮށްފައި ބައިތިއްބާ ކަމުގައިވާނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާ އަށް ވެސް އަމީތު ވަނީ ފާޑު ވިދާޅުވެފައެވެ. 

އަމީތު ވިދާޅުވި ގޮތުގައި  ސިޔާސީ މީހުންގެ އާއިލާތަކުގެ މެމްބަރުން މިވަގުތު މާލެ ޖަލަށް ހާޒިރުވެފައިވެއެވެ.

ހުރިހާ ރައްޔިތުން ވެސް ސާބިތުކަމާއެކު ތިބުމަށް އަމީތު ވިދާޅުވިއެވެ..

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް