ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 01:31
ރައީސް ޔާމިން ބަންޑާރަ ކޮށީގައި އުޅުއްވާ ފޮޓޯ
ރައީސް ޔާމިން ބަންޑާރަ ކޮށީގައި އުޅުއްވާ ފޮޓޯ
ޓްވިޓަރ
ރައީސް ޔާމީން
ރައީސް ޔާމީން ބަންޑާރަ ކޮށީގައި!!
މިކޮޓަރިކޮޅަށް އިތުރު މީޑިއާއެއް ނުވައްދާ
ފޮޓޯއިން އެމަނިކުފާން ހާސްވެވަޑައިގެން ހުންނެވިކަމަށް ބެލެވޭ

ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ބަންޑާރަ ކޮއްޓަށް ވަޑައިގެން އެތާ އެތެރޭ އުޅުއްވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެފޮޓޯގައި ވާގޮތުން އެއީ މިރޭ ކުއްލި ގޮތަކަށް ދައުލަތުގެ ނަމުގައި ބަޔާނެއް އިއްވުމުގެ ގޮތުން ދައުލަތުގެ މީޑިޔާއަށް ދިން އިންޓަރވިއު ނެގި ކޮޓަރިއެވެ. ރައީސް ޔާމީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން ހިންގަވާފައި ވަޑައިގަންނަވާއިރު ދައުލަތުގެ ބަޔާން އިއްވަން ހޯމް މިނިސްޓަރ އަހުމަދު އަޒްލީންއާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ސިޔާމާއި ބަންޑާރަނައިބު މުހައްމަދު އަނިލް ތިއްބެވި މޭޒު ފަހަތުން ފެނެއެވެ.

އޭގެ އިތުރުން ދެތިން ސިފައިންވެސް އެ ކޮޓަރިކޮޅު ތެރެއިން ފެނެއެވެ.

އެއްވެސް އެހެން މީޑިއާއަކަށް ފުރުސަތު ނުދެއްވާ ދައުލަތުގެ ޓީވީ ވައްދަވައިގެން ބޭއްވި މި ބަޔާން އިއްވުމުގެ ކުޑައިރުކޮޅެއްގެ ކުރީގެ ފޮޓޯއެއް ލީކުވެފައިވާތީ ގިނަ ބަޔަކު ވަނީ ސިފައިންގެ ތެރޭގައިވެސް ރައީސް ޔާމީނާ އެއްކޮޅަށް ނެތްކަމަށް ހާމަވާކަމަށް ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް