ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 00:15
ރައްޔިތުން އުފާފާޅުކުރަނީ
ރައްޔިތުން އުފާފާޅުކުރަނީ
މުހައްމަދު ޝަރުހާން
އިދިކޮޅު ލީޑަރުން
ރައީސް ނަޝީދާއި ލަންކާގައި ތިއްބެވި އިދިކޮޅު ފަރާތްތައް މިރޭ މާލެވަޑައިގަންނަވަނީ
ވަޑައިގަންނަވަނީ ކިހާއިރަކު ކަމެއް އަދި ނޭނގޭ
ވަޑައިގަންނަވަނީ ޗާޓަރ ފްލައިޓެއްގައި
މިރޭގެ ވަގުތެއްގައި ވަޑައިގަންނަވާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިވަގުތު އަވައްޓެރި ސްރީލަންކާގައި ތިއްބެވި  އެންމެހާ އިދިކޮޅު ލީޑަރުން ޗާޓަރ ފްލައިޓެއްގައި މިރޭ މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ އުފާފާޅުކުރުމުގެ އެއްވުމުގައި އެކަން ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އިއުލާން ކުރައްވާފައެވެ.

ސިޔާސީ ފިއްތުންތަކާ ހުރެ ޤައުމު ދޫކުރައްވާ ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ލީޑަރުން މިރޭ ކުއްލި ގޮތަކަށް މާލެ ވަޑައިގަތުމަށް މި ނިންމެވީ އޭގެ ތެރެއިން ހުކުމެއްގައި ތިއްބެވި އެންމެހާ ސިޔާސީ ލީޑަރުން މިނިވަންކޮށް ދޫކޮށްލުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން މިރޭ އަމުރު ނެރުމާއި ގުޅިގެންނެވެ.

ދޫކޮށްލުމަށް ހުކުމްކޮށްފައިވަނީ :-

ރައީސް މުހައްމަދު ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ

ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދު ނާޒިމް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ގއ މާމެންދޫ ވީނަސް އަހުމަދު ނިހާން

މ ޝޫރާމަންޒިލް ހާމިދު އިސްމާއީލް

މިފަރާތްތައް ވަގުތުން ދޫކޮށްލުމަށާއި އެކަން ލަސްކުރާ ފަރާތްތަކާމެދު ތަހުގީގްކޮށް ޝަރީޢަތައް ހުށަހެޅުމަށް ޕީޖީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

އެހެން ނަމަވެސް އެބޭފުޅުން ވަޑައިގަންނަވާނެ ވަކި ވަގުތެއް އަދި ރާއްޖެ އެމްވީއަށް އެނގިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް