ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން މިވަނީ ނިމިފައި ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ސުޕްރީމު ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ހުކުމާއެކު ހުރިހާ ސިޔާސީ ލީޑަރުން މިނިވަންވުމާއި ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިކަން ނިންމާނީ ރާއްޖޭގެ ރައްޔިތުން އެދޭފަދަ ވެރިކަމެއް އެ ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމަށް ފަހު ކަމަށެވެ.
މި އެއްވުމުގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ މި ފެނިގެންދަނީ ސާބިތުކަމާއި ހިތްވަރާއި އަޒުމާއެކު މެދުނުކެނޑި ރައްޔިތުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމާއި ގުޅިގެން ރައްޔިތުން އެއްވެސް ވަރަކަށް ފަހަތަށް ޖެހިގެން ނުވާނެ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ދާންވީ ކުރިޔަށް ކަމަށެވެ.
މި އެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
