ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 00:04
އެމްޑީޕީ ހަރުގޭގައި އުފާފާޅުކުރަނީ
އެމްޑީޕީ ހަރުގޭގައި އުފާފާޅުކުރަނީ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
ކޯޓު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި
ކޯޓު އަމުރު ތަންފީޒުކުރުމަށް ސީޕީ ވަނީ ޤާނޫނީ ލަފާ ހޯއްދަވާފައި

މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދާދި ދެންމެއަކު ބުނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޤާނޫނީ ލަފާ ހޯއްދެވުމަށް ފަހު ނިންމަވާފައިވާ ކަމަށެވެ. އަދި އަމުރަށް އަމަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ކޯޓު އަމުރާއި ގުޅިގެން އުފާފާޅުކުރަމުންދާ މީހުން އެމްޑީޕީ ސަރަހައްދަށް ޖަމާވެފައިވާއިރު، އެސަރަހައްދުގައި މަގުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް