ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 23:37
ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
އަޒުމޫން އަހުމަދު
ޑރ. ޖަމީލް ޓުވީޓް
ހައްގާއި އިންސާފު ދެމެހެއްޓެވި ފަނޑިޔާރުންނަށް ޑރ. ޖަމީލްގެ ޝުކުރު !
މިއީ ދިވެހި ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް
މިއީ ދިވެހި ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް

ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާއި ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފަނޑިޔާރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޑރ. ޖަމީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށާއި މި ވަގުތަކީ ހުރިހާ އެންމެން ވެސް ހިތްތިރިކޮށް ގައުމުގެ ހަމަޖެހުމަށް އިސްކަންދޭންވީ ވަގުތު ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އިތުރަށް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް މިނިވަން ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް