ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 22:27
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ: ސުޕްރީމް ކޯޓު
އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭ
މި އަމުރަށް ހުރިހާ ފަރާތްތަކުން ތަބާވާން ވަނީ އަންގާފައި
ސުޕްރީމް ކޯޓުގެ މައްޗަށް ބާރު ފޯރުވުން ހުއްޓާލަން ވަނީ އަންގާފައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަނޑައެޅުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފި އެވެ.

މި ގޮތައް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މީގެ ކުރިން ކޮށްފައިވާ ހުކުމުގައިވާ ގޮތައް އެކަމާ ގުޅޭ ގާނޫނެއް ހަދާފައިނުވާތީ އެ ހުކުމް ބާތިލް ކަމަށްބުނެ އެވެ.

މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މެމްބަރުން މަޖިލިހަށް ނުވެއްދުމަށް މަޖިލީހުގެ އިދާރައިންވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާންކޮށްފައިނުވެ އެވެ.

ޤާނޫނު އަސާސީގައި ބުނެފައިވަގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް މިހާތަނަށް ސުޕްރީމް ކޯޓުން ނިންމާފައެއްނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް