ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 19:38
މޫވެންޕިކް ކޮފީ
މޫވެންޕިކް ކޮފީ
ސިމާހާ ނަސީމް
ކޮފީ ތައާރަފުކުރުން
މޫވެންޕިކް ކޮފީ ރާއްޖެއަށް ތައާރަފުކޮށްފި
މޫވެންޕިކް" ކޮފީއަކީ ސުވިޒަލޭންޑްގައި އުފައްދާ ކޮފީއެއް

މޫވެންޕިކްގެ ފަރާތުން "މޫވެންޕިކް" ކޮފީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މީގެ 8 މަސް ކުރިން މޫވެންޕިކް އިން އެ ކުންފުނީގެ އައުލެޓް މާލޭގައި ހުޅުވާފައިވާއިރު "މޫވެންޕިކް" ކޮފީއަކީ ސުވިޒަލޭންޑްގައި އުފައްދާ ކޮފީއެއް ކަމަށް މޫވެންޕިކް މާލޭގެ އައުޓްލެޓުން މައުލޫމާތުދެއެވެ.

މޫވެންޕިކް މާލޭގެ އައުޓްލެޓްގެ ޖެނެރަލް މެނޭޖަރ އަހްމަދު ޔޫމަން ސައީދު ވިދާޅުވީ މޫވެންޕިކް ކޮފީ އަކީ ލޯކަލް މާކެޓަށާއި ރިސޯޓުތަކަށް އަމާޒުކޮށްގެން ތައާރަފު ކޮށްފައިވާ ކޮފީއެއް ކަމަށެވެ. އަދި މި ތައާރަފުކުރެވުނު ކޮފީގައި ކެޕްސިއުލް އާއި ކޮފީ ބީންސްގެ އިތުރުން ގްރައުންޑަޑް ކޮފީ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫވެންޕިކް ކޮފީ އަކީ ދުނިޔޭގައި ލިބެން ހުންނަ އެންމެ ކޮލެޓީ ރަނގަޅު ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ކޮފީއެއް ކަމަށް މާލޭގެ އައުޓްލެޓުން ބުންޏެވެ.

މި ކޮފީގެ ތެރޭގައި އޮރިޖިން ތިން ކޮފީ ހިމެނޭއިރު ތަފާތު އިތުރު ބްލެންޑްތަކުގެ 8 ވައްތަރެއް ހިމެނެއެވެ.

މޫވެންޕިކް ފައިން ފުޑްސްގެ ބްރޭންޑް އެމްބެސިޑަރ ރާއޯ ވިދާޅުވީ މޫވެންޕިކް ކޮފީ އަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮފީއެއް ކަމަށާއި މޫވެންޕިކްގެ އަމާޒަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މޫވެންޕިކްގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު އައުޓްލެޓްއެއް ހުޅުމާލޭގައި މި އަހަރު ހުޅުވަން ވަނީ ނިންމާފައެވެ.

     

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް