ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 19:12
މެމްބަރު މަހްލޫފް މަޖިލީހުގެ ޖަލްސާއެއްގައި
މެމްބަރު މަހްލޫފް މަޖިލީހުގެ ޖަލްސާއެއްގައި
ޕީޕަލް މެގަޒިން
މެމްބަރު މަހްލޫފް
މެމްބަރު މަހްލޫފް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފި
މަހްލޫފް ފުލުހަށް ހާޒިރު ވުމަށް އަންގާފައިވަނީ ހޮނިހިރު ދުވަހުގެ 13:30 އަށް
ހާޒިރު ކުރަނީ ކުރެއްވި ޓްވީޓަކާ ގުޅިގެން
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގެންނެވީ އިއްޔެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ އޭނާ ކުރެއްވި ޓްވީޓަކާއިި ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ބަޔާން ނެގުމަށެވެ. ފުލުސް އޮފީހަށް މަހްލޫފް ހާޒިރުވުމަށް އަންގާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:30 އަށެވެ. 

މަފްލޫފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ 2017 ޑިސެމްބަރު 03 ވަނަ ދުވަހުގެ ވަގުތެއްގައި މަހްލޫފްގެ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ޑީމޯޓް ކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެއެވެ. 

މަފްލޫފްއަކީ މިސަރުކާރުގެ ގިނަ ސިއްރުތަކެއް ސޯސަލް މީޑީއާގަ ފަޅާއަރުވަމުން ގެންދަވާ މަޖިލީހުގެ އެންމެ ޖެހިލުންކުޑަ އެއް މެމްބަރެވެ. 

ގިނަ ދުވަސްތަކެއް ވަންދެން މަހްލޫފް ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް