ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:22
ކުނިވެފައި އޮތް ގަބުރު ސޮނޭވާ ޖަނީގެ ފަޅު ތެރޭގައި
ކުނިވެފައި އޮތް ގަބުރު ސޮނޭވާ ޖަނީގެ ފަޅު ތެރޭގައި
ޓްވިޓަރ
ދިވެހި ފުލުހުން
ކުނިވެފައި އޮތް ގަބުރެއް ސޮނޭވާ ޖަނީގެ ފަޅު ތެރެއިން ފެނިއްޖެ
ގަބުރު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި
ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ނެއްޓިފައި
ގަބުރުގެ އުނަގަނޑުގައި އެއްޗެއް ވަނީ އައްސާފައި

ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖަނީގެ ފަޅުތެރެ އިން މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ސޮނޭވާ ޖަނީގެ ފަޅުތެރެ އިން ފެނުނު ގަބުރުގެ އުނަގަނޑުގައި ވަނީ އެއްޗެއް އައްސާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގަބުރުގެ އޮތީ ކުނިވެ، ކާކުކަން ނޭނގޭ ވަރުވެފައެވެ. އަދި އެ ގަބުރުގެ ހަށިގަނޑުގެ ބައެއް ބައިތައް ވަނީ ނެއްޓިފައެވެ. ވާގަނޑަކުން އެއްޗެއް އައްސާފައިވާއިރު، އެ ގަބަރު ދެފެން ދޭތެރޭގައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަހަލަ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ފެބްރުއަރީ 2018 | ހުކުރު 10:17
ކޮބާ
ކޮބާ އަޕްޑޭޓް މީ ރިލްވާން ތަ
1 ފެބްރުއަރީ 2018 | ބުރާސްފަތި 15:14
ޠަމިލް
އަނެއްކާ ރިލުވާނު ބާ