ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 22:56
އިހަވަންދޫ މަސްވެރިންގެ ދުވަހަށް ތައްޔާރު ކޮށްފައި: މިއީ މައްސަލަ ޖެހުނު އެއް ގިޑިގެ
އިހަވަންދޫ މަސްވެރިންގެ ދުވަހަށް ތައްޔާރު ކޮށްފައި: މިއީ މައްސަލަ ޖެހުނު އެއް ގިޑިގެ
އަބުދުﷲ ނަސީރު އިބްރާހިމް
ކައުންސިލް ސަސްޕެންޑް ކުރުން
އިހަވަންދޫ ޖަލްސާ އަށް ތައްޔާރުވަމުން ދަނިކޮށް ފަސް ކައުންސިލަރުން ސަސްޕެންޑް ކޮށްފި
ސަސްޕެންޑް ކުރީ 3 މަސް ދުވަހަށް
ކައުންސިލްގެ އެއްވެސް ހައިސިއްޔަތެއް ވެސް ބޭނުމެއް ނުކުރެވޭ
ކައުންސިލް އިދާރާ ހިންގުން ހަވާލުކޮށްފައި ވަނީ ޒިންމާދާރު ވެރިޔާއަށް

މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތައް ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެންބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު އިބްރާހީމަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތައް އިހަވަންދޫ ކައުންސިލްގެ 5 މެންބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ވަނުމާއި ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާކުރުމަށް ވަނީ ޒިންމާދާރު ވެރިޔާއަށް އަންގާފައެވެ.

އެލްޖީއޭ އިން ބުނީ މިމުއްދަތުގައި އެލްޖީއޭ އިން ވަކި އެއްޗެއް ކަނޑަނާޅާހާ ހިނދަކު ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނަވާނީ ޒިންމާދާރު ވެރިޔާ ނުވަތަ އޭނާ ކަނޑައަޅުއްވާ މީހަކު ކަމަށެވެ.

ސަސްޕެންޑް ކުރި ސަބަބުގެ ގޮތުގައި އެލްޖީއޭ އިން ބުނެފައި ވަނީ 2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރުމުގައި ހއ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ފެނުނު ކަންކަމާ ގުޅިގެން މި އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަ މިމަހުގެ 30 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެބޯޑުން ނިންމާފައި ވަނީ އިހަވަންދޫ ކައުންސިލުން ޢަމަލްކޮށްފައި ވަނީ ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ފަދަ މުހިއްމު މުނާސަބަތެއްގައި ކައުންސިލަކުން ޢަމަލްކޮށްގެން ވާނެ ފަދަ ގޮތަކަށް ނޫން ކަމަށާއި އެކައުންސިލްގެ މެންބަރުންގެ ޢަމަލްތައް ބަހައްޓާފައި ވަނީ، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި، ސަރުކާރު ބަދުނާމްވާ ފަދަ ގޮތަކަށް ކަމަށް ވެސް ނިންމުމުގައި ވެއެވެ. އެފަދަ ޤައުމީ މުހިއްމު މުނާސަބަތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ދިނުމުގެ ރޫހެއް ކައުންސިލް މެންބަރުންގެ ޢަމަލްތަކުން ފެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެފިޔަވަޅު އެޅީ އެ އަމަލަކީ، ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލްތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ށ) އާއި 6 ވަނަ މާއްދާގެ (ނ)އާ ޚިލާފް ޢަމަލްތަކެއް ކަމަށް ވާތީ ކަމަށެވެ.

ކައުންސިލްގެ މެންބަރުން ސަސްޕެންޑްކޮށްފައި މި ވަނީ އިދިކޮޅު ފަރާތްތަކުން އިހަވަންދޫގައި ހުކުރު ދުވަހުގެ ރޭ ޖަކްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް