ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 16:42
މަހުލޫފް ޖަލުން މިނިވަންވި ދުވަހު، ރައްޔިތުން އެނާއަށް ހިތަވްރުދިނުމުގެ ގޮތުން ސަލާމް ކުރަނީ
މަހުލޫފް ޖަލުން މިނިވަންވި ދުވަހު، ރައްޔިތުން އެނާއަށް ހިތަވްރުދިނުމުގެ ގޮތުން ސަލާމް ކުރަނީ
ރާއްޖެ އެމްވީ
އަހުމަދު މަހުލޫފް
ޖިނާއީ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، މަހުލޫފް ރާއްޖެ ވަޑައިގެންފި
މަހުލޫފުގެ މާމަގެ ހާލު ބޮޑުވެ އޭޑީކޭގައި ދަނީ ފަރުވާދެމުން
މަހުލޫފްގެ ރާއްޖޭން ބޭރުގައި ހުއްޓަ އެނާގެ ޕާސްޕޯޓް މީގެ ކުރިން ހިފެހެއްޓި
މަހުލޫފްގެ މައްަޗަށް ކޮށްފައި ވަނީ ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތު

ޖިނާއީ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ރާއްޖެ ވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަށް ބޮޑުވުމުން ހަތަރު މަސް ދުވަހަށް ވަންދެން ސްރީލަންކާގައި ދިރިއުޅުމަށް ފަހު މަހުލޫފް ރާއްޖެވަޑައިގެންނެވީ ބުދަ ދުވަހު މެންދުރު ވަގުތެއްގައެވެ. މަހުލޫފް ވަނީ ވެލާނާ އިންޓަނޭޝަނަން އެއާޕޯޓުން މާލެ ވަޑައިގެންނެވި މަގުމަތީގައި އެނާ ރާއްޖެވަޑައިގެންނެވިކަން ހާމަކުރުމުގެ ގޮތުން ޓްވީޓް ކުރައްވާފައެވެ.

މަހުލޫފް ކުރައްވާފައިވާ ޓްވީޓްގައި ދިވެހި ގައުމީ ލަވައެއް ވަނީ ލިޔުންފައެވެ.

"ދިވެހިބިންމީ އުފަން މަގޭބިން، ލެވުނުފުރަތަމަ ނޭވާމަގޭބިން، އެބިމަކަށް އެންމެފަހުގެ ވިންދާ،  ދޫކޮށްލަދޭނޭ ނޭވާމަގޭބިން" މަހުލޫފްގެ ޓްވިޓްގައި ވިދާޅުވިއެވެ.

މަހުލޫފު ރާއްޖެ ވަޑައިގެންނެވި އިރު މަހުލޫފުގެ މާމަގެ ހާލު ބޮޑުވެ އޭޑީކޭގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަހުލޫފް ރާއްޖެވަޑައިގެންނެވިއިރު ޖީނާއީ ތުހުމަތުތަކެއްކޮށް، ފުލުހުން ދަނީ މައްސަލަ ތަޙްގީގް ކުރަމުނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގިކަމުގެ ތުހުމަތު މަހުލޫފްގެ މައްޗަށް ވަނީ ކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން އެނާގެ ޕާސްޕޯޓް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް