ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 13:36
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު (ވ)ގައި
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު (ވ)ގައި
ޓްވިޓަރ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ސުލައިމާނު އިސްތިއުފާ ދެއްވައިފި
އިލްކެޝަންސް ކޮމިޝަނަށް ސުލައިމާން އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ މިސަރުކާރުން
ކޮމިޝަނުން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އެކޮމިޝަނަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފަ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވައިފި އެވެ.

 

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސުލައިމާން އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ ބުދަ ދުވަހު އެވެ.

 

މައުލޫމާތު ލިބޭ ގޮތުގައި ސުލައިމާން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެންނެވެ. އަދި ސުލައިމާނު، މިނިވަން މުއައްސަސާއެއްގެ ރައީސް ކަމަށް ވަރަށް އަވަހަށް އައްޔަންކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

 

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ސުލައިމާނު އައްޔަންކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު އެވެ.

 

ސުލައިމާނުއަކީ ރައީސް ޔާމީނުގެ ޕީޕަލްސް އެލަޔަންސް(ޕީއޭ) ގެ ކައުންސިލް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ސުލައިމާން އިސްތިއުފާ ދެއްވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާތީ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވެފައިވަނިކޮށެވެ.

އެގޮތުން، އިދިކޮޅު ފަރާތްތަކުން ދަނީ ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންތައް ދަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރުމަށް އެދެމުންނެވެ.

 

ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ބުނާ ގޮތުގައި، މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް