ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 23:13
މުސްތަފާ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ
މުސްތަފާ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ
އަހުމަދު މުހުސިނު
މެންބަރު މުސްތަފާ
ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމުގެ ތުހުމަތުގައި މުސްތަފާ ފުލުސް އޮފީހަށް
ހާޒިރުވާން ޖެހެނީ މާދަމާރޭ 8 ޖަހާއިރު
ޣައިރު ޤާނޫނީ ޢަމަލެއް ހިންގަން ހިތްވަރު ލިބޭ ފަދަ ވާހަކައެއް ކަމަށް ވެސް ތުހުމަތު ކުރޭ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމުގެ ތުހުމަތުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހްއަމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ބުދަ ދުވަހުގެ ރޭ 8:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި މުސްތަފާއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި، ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް ރައްޔިތުންގެ މެންބަރު  މުސްތަފާ ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިހާރު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުސްތަފާ، ރާއްޖެ ޓީވީގައި އެދެއްކެވި ވާހަކައާ ގުޅިގެން މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު އެވާހަކަ ރާއްޖެ ޓީވީން ދެއްކި ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ 5 ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މައްސަލައަކީ ރައީސް ޔާމީންގެ ހާއްސަ އެންގެވުމެއްގެ ދަށުން ތަހްގީގުކުރުން ހުއްޓާލާފައި އޮތް މައްސަލައެއް ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް