ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 23:04
ހިމްމިޔާގެ ބަލާ ފާސް ކުރުން
ހިމްމިޔާގެ ބަލާ ފާސް ކުރުން
ފާތިމަތު ޝަނާ މުހައްމަދު
ހިމްމިޔާގެ ބަލާ ފާސްކުރުން
ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
ބަލާފާސްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ 08:00 ހާއިރު
ފުލުހުން އެދިގެން ވަނީ އެ ޕޭޖް ޑިލިޓް ކޮށްފައި
ފާސްކުރީ މ. ހިމްމިޔާގޭގައި ކުއްޔަށް ދީފައި ހުރި ބައިތަކެއް

"ދިވެހި ޓައިޓް" ޕޭޖާ ގުޅިގެން ފުލުހުން ގެއެެއް ބަލާ ފާސްކޮށްފިއެވެ

އަންގާރަ ދުވަހުގެ ރޭ 08:00 ހާއިރު ފުލުހުން ބަލާ ފާސްކޮށްފައި ވަނީ މ. ހިމްމިޔާގޭގެ ބައެއް ފްލޯތަކެވެ.

މިކަމާ ގުޅޭ ގޮތުން އެގޭގެ ވެރިފަރާތުގެ ލޯޔަރު މޫސާ ސިރާޖު ވިދާޅުވީ، ބަލާ ފާސްކޮށްފައި ވަނީ، ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތަކެއް ލިޔެ، ފޭސްބުކް ޕޭޖެއްގައި އާންމު ކުރި މައްސަލައާ ގުޅިގެން ކަމަށާއި ބަލާ ފާސްކޮށްފައި ވަނީ އެގޭގައި ކުއްޔަށްދީފައިވާ ބައިތަކެއް ކަަމަށެވެ.

މ. ހިމްމިޔާގެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްއާންގެ ގެއެވެ.

"މިކުރެވުނު ސަރޗަކީ އެއްވެސް ހާލެއްގައި ސޮފްއާނާއި ނުވަތަ ގޭގެ ވެރި ފަރާތާ ގުޅުން ހުރި މައްސަލައެއް ނޫން. ބަލާ ފާސްކޮށްފައި ވަނީ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމެންޓްތައް. ދެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި، ބަލާފާސްކުރި އިރު އެއްވެސް އެއްޗެއް ގެންދިޔަކަމަކަށް މައުލޫމާތު ލިބިފައެއް ނުވޭ،" ސިރާޖު ވިދާޅުވި އެވެ.

 

ސިރާޖު ވިދާޅުވީ، ބަލާ ފާސްކުރި އިރު ގެއާ ގުޅުން ހުރި އެއްވެސް މީހެއްގެ ބައި ބަލާ ފާސްކޮށްފައި ނުވާ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފުލުުހުން މީގެ ކުރިން ބުނެފައި ވަނީ ފޭސްބުކްގައި ދައުރުވި ފޭޖް ފުލުހުންގެ އެދުމަށް ފޭސްބުކް އިން ޑިލިޓްކޮށްފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 ޖެނުއަރީ 2018 | ބުދަ 09:41
ހަމަހޭ ޢަރާބެ
މޮޔައީ ދިވެހިންވެސް ތިވާނީ ޕީޕީއެމް އިން ކޮއްގެން އުޅޭ ކަމަކަށް ، ސިޔާސީ ބޯޅަ އިދިކޮޅަށް ލިބުނީމަ ވާހަކަ މީޑީޔާ ޓްރެންޑް ބަދަލު ކޮއްލަން ތިކަހަލަ ދަށު ދަރަޖައިގެ ކަން ކަން ކުރާ ހާލުގަ އެތިބީ. ކޮންމެ މީހަކު ކުރިނަމަވެސް ހައްޤޫ އަދަބު ދޭން ޖެހޭ ވަރުގެ ހަޑި މުޑުދާރު ލާއިންސާނީ ދަށު ދަރަޖައިގެ ބޭއަދަބީ ލަދުވެތި އަމަލެއް.