ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 19:22
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް: އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދެ ތުހްމަތެއް ކޮށްފައިވޭ
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް: އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދެ ތުހްމަތެއް ކޮށްފައިވޭ
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ
އަޑުއެހުން އޮންނާނީ ބުދަ ދުވަހުގެ 10:00 ގައި
ދެން އޮންނާނީ ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ. ބުދަ ދުވަހުގެ އަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ހެނދުނު 10:00 ގައެވެ

މި މައްސަލާގައި އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ އެ މައްސަލައާ ގުޅިގެން ފާރިސް ހައްޔަރުކޮށްފައި ހުންނާތީ ޝަރުތުތަކާ އެކު ދޫކޮށްލާފައެވެ. އެހެން ނަމަވެސް ރިޝްވަތު ދިނުމުގެ އެހެން މައްސަލައެއްގައި އޭނާ އަލުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބާއްވާ އަޑުއެހުމެއްގައި ދެން އޮންނާނީ އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ގާޒީ ގޮތެއް ކަނޑައެޅުވުމެވެ. މިހާރު ވަނީ އެ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުރިހާ ކަމެއް ފާރިސްގެ ފަރާތުން ހުށަހަޅުއްވާފައެވެ. ޝަރީއަތުގެ ކުރިން  ދައުވާއާ ގުޅިގެން 23 ކަމެއް ފާހަގަކޮށްފައިވާއިރު އެ ހުށަހެޅުންތަކުގެ ތެރޭގައި އެއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދޭން ފާރިސްގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް