ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 17:14
އެންދެރިމާގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ
އެންދެރިމާގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އެންދެރިމާގެ މައްސަލަ
އެންދެރިމާގެ ދޮރުމަތީ ފުލުހުން ތިބެންޖެހޭ ސަބަބު އޮޅުންފިލުމަށް ނަސްރީނާގެ ސިޓީއެއް
ފުލުހުން ތިބުމުން ގިނަ ބައެއްގެ ޒާތީ ދިރިއުޅުމަށް ހުރަސް އެޅޭ
އެގެއިން ނުކުންނަ މީހުންގެ އަތުގައި ހުންނަ ތަކެތި ފުލުހުން އަންނަނީ ބަލަމުން

މ. އެންދެރިމާގޭގެ ދޮރުމަތީގައި ފުލުހުން ތިބެން ޖެހުނު ސަބަބު އޮޅުން ފިލުވުމަށް އެދި ސީޕީ އަރީފަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ސިޓީއެއް ފޮނުއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސްކުރައްވައި ނަސްރީނާ ފޮނުއްވާފައިވާ ސިޓީގައި ވަނީ، އެންދެރިމާގޭގެ ދޮރު ކުރިމަތީގައި ފުލުހުންގެ މުއައްސަސާގެ އެސްއޯ ފުލުހުން އަޅާ ކަހަލަ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ތިބޭ ކަމަށެވެ. އެފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފޮނުވައިގެން އައިސް ހަރަކާތްތެރިވާ ބައެއް ކަމަށް ބުނެ އެ ގެޔަށް ވަންނަ ފަރާތްތަކަށް އުނދަގޫވާނެހެން އެފަރާތްތަކުގެ މައުލޫމާތު ނޯޓްކޮށް، ގެޔަށް ވަންނަ ބޭނުން ސާފުކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ. މީގެ އިތުރުން އެގެއިން ނުކުންނަ މީހުންގެ އަތުގައި ހުންނަ ތަކެތި ބަލަމުންދާ ކަމަށް ނަސްރީނާ ވަނީ ފާހަގަކުރައްވާފައެވެ. 

 މ. އެންދެރިމާގެއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކަމަށް ވެފައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމަށް ބުނެ އެމްއެންޑީއެފް އިން މިހާރު ވެސް ގެންދަނީ ފޯރި މަރަމުންނެވެ.

ސިޓީގސައި ނަސްރީނާ ވިދާޅުވީ އެމްއެންޑީއެފްގެ ބޭފުޅުންނަށް ވެސް ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކީ ފުލުހުންކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ. 

އެންދެރިމާގެ ދޮރު ކުރިމަތީގައި ދިރިއުޅޭ ފަރާތްތަކާއި އެގެއަށް ވަދެ ނިކުމެ އުޅޭ ފަރާތްތަކުގެ ޒާތީ ދިރިއުޅުމަށް ހުރަސް އެޅޭ ގޮތަށް ތިއްބެވި ބޭފުޅުންނަކީ ފުލުހުންކަން ނުވަތަ ނޫންކަން ބައްލަވައިދެއްވުމަށް ނަސްރީނާ ވަނީ ސީޕީގެ އަރިހުން އެދިވަޑައިގެންފައެވެ. ފުލުހުން ކަމުގައި ނުވާ ނަމަ އެ މައްސަލަ ބައްލަވައި ދެއްވުން އެދޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ޒާތީ ދިރިއުޅުމަށް ދަތިވާނޭ ގޮތަށް އެންދެރިމާގެ ދޮރުމަތީގައި ފުލުހުން ބައިތިއްބަން ޖެހުނު ސަބަބު އޮޅުންފިލުވައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް