އައްޑޫ ސިޓީ ހުޅުމީދޫ ކުޅި ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ރޯވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، އަންގާރަދުވަހުގެ މެންދުރު 13:15 ހާއިރު ކަމަށެވެ.
ރޯވެފައިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
