ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 01:58
ރައީސް ނަޝީދު
ރައީސް ނަޝީދު
ފޭސްބުކް
ރިޔާސީ އިންިތިހާބު
އަޅުގަނޑަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވާ، ބޮޑު ތަނުން ބަލިކުރާނަން: ރައީސް ނަޝީދު
ރައީސް ޔާމީން ދެއްކެވި އުސޫލްތަކަކީ ވައްކަމާއި ފަސާދައާއި އަނިޔާވެރިކަން
ރައްޔިތުން ރައީސް ޔާމީނަށް ނޫނަކޭ ބުނޭ
ރައީސް ޔާމީނާއި ވާދަކުރައްވަން ފުރުސަތު ލިބިއްޖެނަމަ ބަލިކުރާނަން

އެމަނިކުފާނަން ވާދަކުރެއްވޭ ރިޔާސީ އިންތިހާބެއް ބާއްވާއިފިނަމަ، ރައީސް އަބްދުﷲ ޔާމީން ބޮޑުތަކުން ބަލިކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަން ދިވެހި ރައްޔިތުންނަން ދެއްކެވި އުސޫލްތަކަކީ ވައްކަމާއި ފަސާދައާއި އަނިޔާވެރިކަން ކަމަށެވެ. ދިވެހި ރައްޔިތުން ރައީސް ޔާމީންނަން ނޫނަކޭ ބުނަނީ އެހެންވެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީން ދެއްކި އުސޫލުތަކަކީ، ވައްކަމާއި، ފަސާދާއާއި އަނިޔާވެރިކަން، ދިވެހި ރައްޔިތުން މަނިކުފާނަން ނޫނަކޭ ބުނަނީ އެހެންކަމުން، އަޅުގަނޑަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބެއް ބާއްވާ، އިރާދަފުޅާއި އެކު ބޮޑުތަކުން ބަލިކުރާނަން" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު މި ގޮތަށް ވިދާޅުވިއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓު ނެރުމަށްޓަކައި އިދިކޮޅު ހަތަރު ލީޑަރުންގެ މެދުގައި މަޝްވަރާ ކުރަން ވަނީ ފަށާފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ދެ ބުރުގައި ވެސް އެންމެ ގިނައިން ވޯޓް ހޯއްދެވި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާއިރު، ގާނޫނު ބުނާ ގޮތުން ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ. 

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ، ރާއްޖޭގެ ހާލަތާމެދު އެމެރިކާއި އާއި އިންޑިއާއެކު ކުރެވޭ މަސްވަރާތަކުގެ ނަތީޖާއަކަށް ވަނީ އެމަނިކުފާނަން އިންތިހާބުގައި ކުރިމަތިލެވޭ ގޮތް ވުމެއެވެ. ރައީސް ނަޝީދަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް އދ. އިން ވަނީ ކަނޑައަޅައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 ޖެނުއަރީ 2018 | އަންގާރަ 04:04
ޢާޑާޏޫ
މީނަ އާއި ހެދި ކިހާ ދެރަކަމެއް. ނަޝީދު ވެރިކަމުގެ ދަހިވެތިކަން ދޫކޮށްލަން ވެއްޖެއެއްނު