ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 09:20
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ސަރުކާރު ވެއްޓޭނެ، ފޭހުނު އިލޮށި އަޅުގަނޑުމެން ލޮލަށް ހެރޭނެ: ރައީސް ޔާމީން
ކޮންމެ ސިޔާސީ ލީޑަރަކީ ވެސް ވެރިކަން ބޭނުންވާނެ ބޭފުޅެއް ކަމަށް ވިދާޅުވި

ގާނޫނީ ސަރުކާރު މަގުމަތިން ވައްޓާލައިފި ނަމަ "އަޅުގަނޑުމެން ފޭހުނު އިލޮށިގަނޑު އަޅުގަނޑުމެން ލޮލަށް ހެރި" ދެން ގާއިމްވާ ސަރުކާރެއް ވެސް މަގު މަތިން ވެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސިޔާސީ ލީޑަރަކީ ވެސް ވެރިކަން ކުރައްވަން ބޭނުންފުޅުވާނެ ބޭފުޅެއް ކަމަށެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް މަގުމަތިން ވައްޓާލައިފި ނަމަ އެކަމުގެ ދެރަ ލިބާނީ ވަކި ކޮން ބޭފުޅަކަށްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާ ފައެވެ.

"ހިނގަ ހިނގާ އޮންނަ ސަރުކާރެއް ވައްޓާލީމަ ކާކަށްތޯ ދެރަވަނީ. ހިނގަ ހިނގާ އޮންނަ ސަރުކާރެއް ވައްޓާލީމަ. ސިޔާސީ ލީޑަރުން ޚިޔާލަށް ގެންނަވާ، މިއިން ކޮންމެ ބޭފުޅަކީ ރާއްޖޭގައި ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް. ނޫނީ ވެރިކަމަށް އެ ބޭފުޅުންގެ ގާތް ކޮންމެވެސް މީހަކު ދެއްކުމުގެ ވިސްނުމުގައި ހުންނެވި ބޭފުޅެއް. އެއް ސަރުކާރު މަގުމަތިން ވެއްޓިއްޖެ ކަމަށް ވަންޏާ، އަޅުގަނޑުމެން ހިޔާލަށް ގެންނަވާ ހަމަ އަޅުގަނޑުމެން ފޭހުނު އިލޮށި އަޅުގަނޑުމެން ލޮލަށް ހެރޭނެކަން، އަނެއް ސަރުކާރު ވެސް ހަމަ އެ ގޮތަށް ވެއްޓޭނެ. އޭގެ ފަހުން ދެން އަންނަ ސަރުކާރެއް ވެސް ވެއްޓޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުވެގެން ދިޔައީ މަގުމަތިން ހިންގި ހަރަކާތްތަކާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ރައީސް ޔާމީން ވެސް އިސްކޮށް ހުންނަވައި މަގުމަތީގައި ކުރި މުޒާހަރާތަކާ ގުޅިގެން ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުތުމުންނެވެ. އެއީ ބަޣާވާތެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅު ހަރަކާތެއް ސިފައިން ހިންގުމަކީ ސިފައިންގެ ގާނޫނުގައި ބުނާ ގޮތުން ބަޣާވާތެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 ޖެނުއަރީ 2018 | ބުދަ 09:09
ފިރުޓޭ
ތި ރައީސުމީހާ މަގުމަތިން ސަރުކާރެއް ވައްޓާލުމުގެ ކަންކަން ކުރުމުގައި އިސް ދައުރެއް އަދާ ކުރި ކަމަށް ވަރަށް ގިނަ މީހުން ޤަބޫލު ކުރޭ! އެހެންވީމަ، ފޭހުނު އިލޮށި ހަމަ އެމީހާ ލޮލަަަަށް ހެރުން ވަރަށް ގާތް ކަމަށް ބެލެވޭ!
30 ޖެނުއަރީ 2018 | އަންގާރަ 18:33
ރާއްޖެ މީހާ
ފެބްރުއަރީ ހަތެއްގަ ވެރިކަންވައްޓާލިއިރު ތިކަމެއް ނޭންގުނުއުތަ......
30 ޖެނުއަރީ 2018 | އަންގާރަ 11:42
އަރާމު ނިދި
ބާރަށް އަތްޖަހާ ވަގުތު ކުޑަތަން ވަނީ. ވަގުންގެ ފޮށި ވަގުން ބާރަށް ބަންނާނެ. މިއީ ދުނިޔޭގެ އާދަ