އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން ޑްރައިޕާސް ނިއު ބޯން ޕްރޮމޯޝަންގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އޭޑީކޭގެ ފަރާތުން ބުނީ މި ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ އަލަށް އުފަންވާ ކުދިންނަށް ހާއްސަކޮށްގެން ކަމަށާއި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ވިހޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްނުވާ ކުދިންނަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓާ މަންމަ އާއި ބައްޕަގެ އައިޑީކާޑު ކޮޕީ ހިފައިގެން ކަނޑައެޅިފައިވާ އައުޓްލެޓްތަކަށް ދިޔުމުން ޑްރައިޕާސް ބްރޭންޑްގެ ޕްރޮޑަކްޓްތަކުގެ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
ކަނޑައެޅިފައިވާ އައުޓްލެޓްތަކަކީ
- އައިޖީއެމް ހޮސްޕިޓަލް ކައިރީގައި ހުންނަ އޭޑީކޭ ފާމަސީ 02
 - އޭޑީކޭ ފާމަސީ 03
 - ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އޭޑީކޭ ފާމަސީ 10
 - ޖީޓީ ސްނެޕް
 - އޭޑީކޭ ޖެނެރަލް ޓްރޭޑިންގް
 - ހދ. ކުޅުދުއްފުށީގައި ހުންނަ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރ
 
އޭޑީކޭ ޖެނެރަލް ޓްރޭޑިންގް އިން ވަނީ "ޑްރައިޕާސް މެގަ ޕެކް" ގެ ނަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ހާއްސަ ޕްރޮމޯޝަނެއް ބާއްވާފައެވެ.