ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 13:47
ރިޔާސީ ބަޔާން އިއްވުން އޮންނަ މި ޖަލްސާ މި އަހަރު ވެސް ބޭއްވުމަށް ނިންމާފައިވަނީ ދަރުބާރުގޭގައި
ރިޔާސީ ބަޔާން އިއްވުން އޮންނަ މި ޖަލްސާ މި އަހަރު ވެސް ބޭއްވުމަށް ނިންމާފައިވަނީ ދަރުބާރުގޭގައި
ޕީޕަލް މެގަޒިން
މަޖިލީސް ހުޅުވުން
ރައްޔިތުންގެ މަޖިލީސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުން ފެބުރުއަރީ 5 ވަނަ ދުވަހު
12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައިވަނީ ސުވާލު އުފައްދާފައި
މާމިގިލީ ދާއިރާގެ މެމްބަރު ޖަލު ހުކުމެއްގައި ގައުމުން ބޭރުގައި
ދިއްގަރު ދާއިރާގެ މެމްބަރު ހުކުމަކާއި ނުލައި ޖަލުގައި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވުން އޮންނަ މި ޖަލްސާ މި އަހަރު ވެސް ބޭއްވުމަށް ނިންމާފައިވަނީ ދަރުބާރުގޭގައެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި، އެކަން އެންގުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި މީޑިއާތަކަށް ވަނީ ސިޓީ ފޮނުވާފަ އެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮންމެ އަހަރެއްގެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ވެފައިވާއިރު، މީގެ ކުރިން ރިޔާސީ ބަޔާން އިއްވުމަށް އެމަނިކުފާނު މަޖިލީހަށް ވަޑައިގެންނެވި ތިން ފަހަރު ވެސް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާފަ އެވެ. 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޔާމީން މަޖިލީހަށް ވަޑައިގެން އެމަނިކުފާނު ވަނީ އިދިކޮޅު މެންބަރުންނަށް "ތަމްބްސް ޑައުން" އެއް ދެއްވާފަ އެވެ. އަދި ޕީޕީއެމްގެ މެންބަރުންނަށް "ތަމްބްސް އަޕް" އެއް ދެއްވާފައެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚު އިއުލާނު ކޮށްފައިވާއިރު މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންދަނީ ބުނަމުންނެވެ. މިއާއިއެކު އެ މެމްބަރުން މަޖިލީހަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން ފުރުސަތެއް ނުދެއެވެ.

ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ސާފު ބަހެއް ހޯދުމަށް އެ މެމްބަރުން ކޮންމެ ދުވަހަކު ކޯޓަށް ވަޑައިގަންނަވަމުންދާއިރު ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ވެސް އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 ޖެނުއަރީ 2018 | ބުދަ 03:14
ގާދިރު
ރުމާލު2 ނޫނީ ހ.ދޫވެހީގަ ބާއްވަންވީނު
31 ޖެނުއަރީ 2018 | ބުދަ 03:12
ގާދިރު
ދަރުބާރުގެއަކީ ރާއްޖޭގެ ރައްޔިތުންގެމަޖިލިސްތަ މަށައްފެންނަނީރުމާލު2ޖަގަހައިގަ ރިޔާސީބަޔާންއިއްވަން
29 ޖެނުއަރީ 2018 | ހޯމަ 13:57
އަހަ
Hehe