ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 10:45
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާމިގިލީގައި ދާދިފަހުން ބޭއްވި ޖަލްސާގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާމިގިލީގައި ދާދިފަހުން ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހއ. އިހަވަންދޫ ގައި ހާއްސަ ޖަލްސާއެއް ބާއްވަނީ
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ރޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހއ. އިހައްވަންދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރީތައް ވާންފަށައިފި އެވެ.

ފެބްރުއަރީ މަހުގެ 2 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ މިޖަލްސާގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

ދާދިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އދ. މާމިގިލީގައި ހާއްސަ ޖަލްސާއެއް ބޭއްވި އެވެ.  އެ ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތައް ބައިވެރިވެފައިވާއިރު، ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް ބައިވެރިވި އެވެ. މާމިގިއްޔަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރަށެވެ. 

އިހަވަންދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާއިރު، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ތުހްމަތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް