ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 04:31
ފުލުހުންގެ މައި އިދާރާ: ބޭ އަދަބީ ވާހަކަތަކެއް ލިޔަމުން ދިޔަ ފޭސްބޫކް ޕޭޖެއް ފުލުހުން ވަނީ ހުއްޓުވާފައި
ފުލުހުންގެ މައި އިދާރާ: ބޭ އަދަބީ ވާހަކަތަކެއް ލިޔަމުން ދިޔަ ފޭސްބޫކް ޕޭޖެއް ފުލުހުން ވަނީ ހުއްޓުވާފައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހި ތުއްތު ކުދިންގެ ފޮޓޯއާއެކު ބޭ އަދަބީ ބަސްތައް ލިޔަމުންދިޔަ ޕޭޖް ޑިލިޓްކޮށްފި
10 އަހަރުން ދަށުގެ ދިވެހި އަންހެން ކުދިންގެ ގިނަ ފޮޓޯތަކެއް ހުރި
ފުލުހުން ބުނީ އެ ޕޭޖު ހިންގި މައްސަލަ ބަލަމުންދާ ކަމަށް

ދިވެހި ކުޑަކުދިން ތަކަކާއެކު ބޭއަދަބީ ބަސްތައް ބޭނުން ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ އެދިގެން ޑިލީޓް ކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ޕޭޖް ޑިލިޓް ކޮށްދިނުމަށް ފޭސްބުކުގައި އެދުމުން އާދިއްތަ ދުވަހުގެ ރޭ އެ ޕޭޖް ވަަނީ ޑިލީޓްކޮށްލާފަ އެވެ. 
މީގެ އިތުރުން ފުލުހުން ވަނީ އެ ޕޭޖް ހަދައިގެން ކުޑަކުދިންގެ ފޮޓޯއާއެކު ބޭ އަދަބީ ބަސްތައް ބޭނުންކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެ ޕޭޖުގައި 10 އަހަރުން  ދަށުގެ ދިވެހިން އަންހެން ކުދިންގެ ފޮޓޯތައް ހިމަނައި، ހުތުރު ބަސްތައް ބޭނުންކޮށްފައިވެ އެވެ. އަދި ޖިންސީ ވާހަކަތައް އެކި ދުވަސްތަކުގައި އެ ޕޭޖުގައި ލިޔަމުން ގޮސްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށެވެ. 

އެ ޕޭޖުގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިންގެ ފޮޓޯ ހިމަނައި ފައި ހުއްޓެވެ. އެ ޕޭޖަކީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ހިންގަމުން ދިޔަ ޕޭޖެކެވެ. އެ ޕޭޖުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް