ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 06:20
ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ މިނިސްޓަރެު ޝައިނީއަށް ބަހުގެ ހަމަލާތައް ދެއްވަފައި
ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ މިނިސްޓަރެު ޝައިނީއަށް ބަހުގެ ހަމަލާތައް ދެއްވަފައި
މިހާރު
ރައީސް މައުމޫން
ރައީސް މައުމޫނުގެ ބަހުގެ ހަމަލާތައް މިނިސްޓަރު ޝައިނީއަށް: ހަޤީޤަތް ބައްލަވާފައި ވާހަކަދައްކަވާ
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނަކީ، ޤާނޫނު ނަމްބަރު 09/2009
މިނިސްޓަރު ޝައިނީ ހަވާލާދެއްވާފައިވަނީ ނުބައި ޤާނޫނަކަށް
ރައީސް މައުމޫނު ވިދާޅުވީ ޤާނޫނީ އިމުގެ ބޭރުން ކަމެއްކުރުމަށް އެމަނިކުފާނު ވިދާޅުވެފައިނުވާނެކަމަށް

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަށް، ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

 

ރައީސް މައުމޫން، މިނިސްޓަރު ޝައިނީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނީ ރައީސް މައުމޫނު ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ވެއްޖެކަމަށް ވިދާޅުވެ މިނިސްޓަރު ޝައިނީ ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. އެ ޓިވީޓުގައި  ޝައިނީ ވަނީ ޤާނޫނު ނަމްބަރު 2009/02 އާއި ހަވާލާދެއްވައި އެ ޤާނޫނުގެ ދަށުން ބަޤާވާތްކުރުން ހުއްދަތޯ ސުވާލު އުފައްދަވާފަ އެވެ.

 

 

މިނިސްޓަރު ޝައިނީ ޤާނޫނު ނަމްބަރު 2009/02 ހަވާލާދެއްވައިފައިވަނީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނަކީ އެއީ ކަމަށް ޤަބޫލުކުރައްވައި ގެނެނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މިހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ޤާނޫނު ނަމްބަރަކީ 2009/09 އެވެ. އެކަން ފާހަގަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ ހަޤީޤަތް ނުބަލާ އެމަނިކުފާނަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކުރަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އަދި އެމަނިކުފާނު އެއްވެސް އިރެއްގައި 2009/02 ނަމްބަރު ޤާނޫނާއި ހަވާލާދެއްވާފައިނުވާނެކަމަށާއި، އެމަނިކުފާނު ހަވާލާދެއްވާފައިވަނީ 2009/09 ނަމްބަރު ޤާނޫނާއި ކަމަށެވެ.

 

އޭގެއިތުރުން ރައީސް މައުމުން ވިދާޅުވީ، އެއްވެސް އިރެއްގައި ޤާނޫނުން ބޭރުން ވެރިކަން ބަދަލުކުރުމަށް އެމަނިކުފާނު ގޮވާލައްވާފައިނުވާނެ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރެވޭނެގޮތްތައް ޤާނޫނު އަސާސީގައި ކަޅާ ހުދުން ލިޔެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަޤީޤަތް ބެއްލެވުމަށްފަހު ވާހަކަދެއްކެވުމަށް ރައީސް މައުމޫން ނަސޭހަތްތެރި ވެވަޑައިގެންފައިވެއެވެ.

 

 

ޤާނޫނު ނަމްބަރު 2009/09 އާއި ހަވާލާދެއްވާ ރައީސް މައުމޫން ކުރިން ކުރެއްވި ޓުވީޓްގައި ވަނީ އެ ޤާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އެ މީހެއްގެ އަނބިމީހާ/ފިރިމީހާ އަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ފޯރުކޮށްދޭންޖެހޭނެކަމަށް ބުނެފައިވާކަމަށެވެ. އެހެންކަމުން ފުލުހުން ބޭނުން ވަގުތެއްގައި އެމަނިކުފަނު ގެޔަށް އާއިލާއަށް ނުރައްކާވިޔަދެނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް